|Saturday, February 13, 2016
You are here: Home » ޚަބަރު » ރަށު ކައުންސިލާއި މުއައްސަސާތައް ގުޅިގެން ރައްޔިތުންނަށް ފޯރަމެއް ބާއްވައިފި

ރަށު ކައުންސިލާއި މުއައްސަސާތައް ގުޅިގެން ރައްޔިތުންނަށް ފޯރަމެއް ބާއްވައިފި 

1432ވަނަ އަހަރުގެ ފިތުރު ޢީދުގެ ކުޅިވަރުތަކުގެ ތެރެއިން

1432ވަނަ އަހަރުގެ ފިތުރު ޢީދުގެ ކުޅިވަރުތަކުގެ ތެރެއިން

ރަށު ކައުންސިލާއި މުއްސަސާތައް ގުޅިގެން ރައްޔިތުންނަށް ފޯރަމެއް ރޭ ބާއްވައިފިއެވެ. މި ފޯރަމް ބޭއްވީ އިއްޔެ ރޭ 8:30ން 10:30ށް ސުލައިމާނިއްޔާ ޕްރީ ސުކޫލުގައެވެ. މި ފޯރަމްގެ ޕެނަލްގައި ތިއްބެވީ ވައިކަރަދޫ ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްގެ މެމްބަރުން ކަމަށްވާ ޢަބްދުﷲ ނިޝާންއާއި އާދަމް ޝާހިދު، ހދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޢަލީ މުފީދު، ސިއްހީ މަރުކަޒު ހިންގުމާ ޙަވާލުވެހުންނެވި އަބްދުﷲ ޝަރީފް އަދި އައްޝައިޚް އިބްރާހީމް ނަސީރެވެ. މި ފޯރަމްގެ މޮޑަރޭޓަރެއްގެ ރޯލް އަދާކޮށްދެއްވީ ކައުންސިލްގެ ނާއިބު ރައީސް ޢަބްދުﷲ ޝަރީފެވެ.

މި ފޯރަމްގައި މުއައްސަސާތަކުން ބައިވެރިވި ފަރާތްތަކުން އެ މުއައްސަސާއަކާ ގުޅޭ މަޢުލޫމާތު ދެއްވިއެވެ. އެގޮތުން ޗުއްޓީގެ ދުވަސްވަރު ސުކޫލު ކުދިންގެ އާންމު އަޚުލާޤުގެ ކަންތައްތައް ބެލެހެއްޓުމުގައި މުޖުތަމަޢުގެ ދައުރުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދެއްކެވީ ސުކޫލް ޕްރިންސިޕަލް އަލްފާޟިލް ޢަލީ މުފީދެވެ.

ރަށު ކައުންސިލު މެމްބަރުންގެ ޒިންމާތައް ބަހާލެވިފައިވާ ގޮތް އޮޅުންފިލުވައިދެއްވާ، ކައުންސިލުން މިހާތަނަށް ކުރެވުނު މަސައްކަތްތައް އޮޅުންފިލުވައިދިނުމަށް ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ވަހީދު ވާހަކަފުޅު ދެއްކެވިއެވެ. އަދި އީދު ބަންދުގައި ސިއްހީ މަރުކަޒުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތު ދެއްވީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ. މީގެ އިތުރުން އީދުގެ އުފާ ފާޅުކުރާއިރު ދީނީގޮތުން ވިސްނާލުން މުހިއްމު ނުކުތާތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވީ އައްޝައިޚް އިބްރާހީމް ނަސީރު ހަސަނެވެ. ޝެއިޚްގެ ވާހަކަފުޅުގައި ކިޔަމަންތެރިކަމާ އަޚުވަންތަކަމުގެ މާތްގުޅުމުގެ މުހިއްމުކަން ފާހަގަކުރައްވާ އެކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ފޯރަމްގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވީ އެދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.

މި ފޯރަމް 8:30ގައި ފެށުނުއިރު ހާޒިރީންގެ ގޮތުގައިތިބީ 13 ފިރިހެނުންނާއި 7 އަންހެނުންނެވެ. ނަމަވެސް ބައްދަލުވުން ނިމުނުއިރު ގަތްގަނޑަކަށް 30ށް މީހުން ތިއްބެވެ.
Leave a Response