|Saturday, February 6, 2016
You are here: Home » ޚަބަރު » 5 މާއްދާއިން ސަތޭކަ ޕަސަންޓް ދަރިވަރުން ފާސްވި

5 މާއްދާއިން ސަތޭކަ ޕަސަންޓް ދަރިވަރުން ފާސްވި 

2012ވަނަ އަހަރު ހދ. އަތޮޅު މަދަރުސާއިން އޯލެވެލް ހެދި ދަރިވަރުން ގުރެޖުއޭޝަން ސެރެމަނީގެ ތެރެއިން

2012ވަނަ އަހަރުގެ އޯލެވއލް އިމްތިހާނުގެ ނަތީޖާތައް ސުކޫލްތަކަށް އިއްޔެ ލިބިފައިވާއިރު މިއަދުގެ ވަގުތެއްގައި އެސް އެސް ސީ އިމްތިހާނުގެ ނަތީޖާތައް ސުކޫލުތަކަށް ވަނީ ލިބިފައެވެ. އެގޮތުން ފާއިތުވި އަހަރު ހދ. އަތޮޅު މަދަރުސާގެ ފަރާތުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން 5 މާއްދާއިން ފާސްވެފައިވާކަށް އެ ސުކޫލުން ހާމަކޮށްފިއެވެ.

ފާއިތުވި އަހަރު އެސުކޫލުގެ ނަތީޖާއާ ބެހޭގޮތުން ސުކޫލް ފޭސްބުޖް ޕޭޖުގައި ބަޔާންކޮށްފައިވާ ގޮތުން އިސްލާމް، ދިވެހި، ހިސާބު، ކެމިސްޓްރީ،ކޮމްޕިއުޓަރ ސްޓަޑީޒް އަދި ފިޝަރީޒް ސައިންސްގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ ފާސްވެފައެވެ. ފިޒިކްސް އަދި ބައޮލޮޖީގައި ބައިވެރި ދަރިވަރުންގެ 80 އިންސައްތަ ފާސްވެފައިވާއިރު އިގިރޭސިން 70 އިންސައްތަ ދަރިވަރުންވަނީ ފާސްވެފައެވެ.

2011ވަނަ އަހަރު ހދ. އަތޮޅު މަދަރުސާއިން އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން 5 މާއްދާއިން ފާސްވީ 45.45 އިންސައްތަ ދަރިވަރުންނެވެ. 2012ވަނަ އަހަރު 100 އިންސައްތަ ދަރިވަރުން މިވަނީ 5 މާއްދާއިން ފާސްވެފައެވެ. މިއީ މިހާތަނަށް ހދ. އަތޮޅު މަދަރުސާއަށް ތަޢުލީމީ ގޮތުން ލިބުނު އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކޮށްލަމެވެ. 2008ން 2012ވަނަ އަހަރަށް އެ ސުކޫލުން އޯލެވެލް ހެދި ދަރިވަރުންގެ ނަތީޖާ ތިރީގައި މިވަނީއެވެ.

2008ން 2012ށް ފަސް މާއްދާއިންފާސްވި ދަރިވަރުންގެ ނިސްބަތް | ހދ. އަތޮޅު މަދަރުސާ ފޭސްބުކް ޕޭޖް
Leave a Response